ޗައިނާއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި

ޗައިނާއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް އެގައިމުގެ ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިކަން އިއުލާންކޮށް ޗައިނާގެ ސްޓޭޓް ކައުންސިލް އިންފޮމޭޝަން އޮފީހުން ނެރެފައިވާ ކަރުދާހެއްގައި ވާގޮތުން އެކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހާ ގަވާއިދުތަކާއި އުސޫލުތަކަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ޗައިނާ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމުގެ އަމާޒު ކާމިޔާބުކުރުމަށް އަޅާ އެންމެ މުހިންމު އަދި އެންމެ ވަރުގަދަ ފިޔަވަޅެވެ.

އެގޮތުން އެކަރުދާހުންވަނީ ސަރުކާރުގެ އިދާރާތަކަށާއި ވަކިވަކި ސްޓޭޓް ސަރުކާރުތަކަށް ޒިންމާތައް މަތިކޮށް ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދިރާސާކޮށް، އެފަދަ ބަދަލުތައް ހުއްޓުވުމަށް އެކިއެކި ފިޔަވަޅު ބަޔާންކޮށްފައެވެ. އޭގެތެރޭގައި ޗައިނާގެ އެކި މަސައްކަތުގެ ދާއިދާތަކާއި ކުންފުނިތަކުގައި 1+N ޕޮލިސީ ނުވަތަ ތިމާވެއްޓާއި ރައްޓެހި ގަވާއިދުތައް އެކުލަވާލުމާއި، ހަކަތައާއި ގެދޮރުއިމާރާޓްކުރުމުގެ ސިނާއަތް އަދި ދަތުރުފަތުރާއި ދަނޑުވެރިކަމުގެ ސިނާއަޓް ހިމެނޭހެން ތިމާވެއްޓާ ރައްޓެހި އުސޫލޫތައް ބޭނުންކުރުމަށް ވަނީ ބާރުއަޅާފައެވެ.

މީގެ އިތުރުން ޗައިނާސަރުކާރުން ދާދިފަހުން ވަނީ ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށް ވަރަށް އަވަހަށް އެކްޝަން ޕްލޭނެއް އެކުލަވާލައި ޝާއިއުކުރާނެކަމަށް އިއުލާންކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާއިން އަޅަމުންމިދާ ފިޔަވަޅުތަކަކީ އެގައުމުގެ އެކި ސިނާއަތްތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު، ސިނާއަތްތަކުގައި މަސައްކަތްކުރާ ތަޖުރިބާކާރުންގެ ލަފާޔާއި އިރުޝާދުގެ މަތިން އަޅަމުންދާ ފިޔަވަޅުތަކެކެވެ.

މީގެ އިތުރުން އެގައުމުގެ ކުރިމަގު ބައްޓަންކުރުމަގައި ބޭނުންކުރުމަށް ތިމާވެއްޓާއި ރައްޓެހި “ގްރީން” ތަރައްގީގެ ދުރުރާސްތާ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ޗައިނާ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. ހަމަ އެހެންމެ ސްޓޭޓް ކައުންސިލް އިންފޮމޭޝަން އޮފީހުން ނެރުނު ކަރުދާހާއެކު އެކި ސިނާއަތްތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ އަދަދު ވަކި ހަމައެއްގައި ހިފެހެއްޓި، ކޮންޓްރޯލުކުރެވޭނެއެވެ. ޗައިނާ ސަރުކާރުން ކާރބަން ނިއުޓްރަލް ގައުމަކަށް ވުމަށް ކުރަމުން މިދާ މަސައްކަތްތަކީ މީގެ އަހަރުތަކެއް ކުރިން ފެށިފައިވާ މަސައްކަތެކެވެ. ނަމަވެސް އަހަރުތަކެއް މަޑުޖެހިފައި އޮތުމަށްފަހު އަލުން މިވަނީ ބާރުދުވެއްޔެއްގައި މި މަސައްކަތް ފަށާފައެވެ. އެގައުމުގެ އަމާޒަކީ ދުނިޔެއަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އެބަދުލުތަކާއެކު ބައްޓަންވެ ދިރުއުޅެން އެނގޭފަދަ މުޖުތަމައުތަކެއް ބިނާކުރުމެވެ.

ޝެޔާކުރެއްވުމަށް