ޗައިނާގެ ބެޓެރި ކުންފުނިތަކުން ސާފު ފައިދާ އިތުރުކޮށްފި

ޗައިނާގައި ފުޅާދާއިރާއެއްގައި ބެޓެރި އުފައްދާ ކުންފުނިތަކުން މިއަހަރުގެ ފުރަތަމަ އަށްމަސް ދުވަހުގެތެރޭ ހޯދި ފައިދާ އިތުރުކޮށްފިއެވެ.

ޗައިނާގެ އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ ބެޓެރި އުފައްދާ ކުންފުނިތަކުން މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ވަނީ 33.13 ބިލިއަން ޔުއާން ނުވަތަ 5.2 ބިލިއަން ޑޮލަރު ސާފު ފައިދާގެ ގޮތުގައި ހޯދާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 66.1% ގެ ކުރިއެރުމެކެވެ.

މި މުއްދަރުގެ ތެރޭގައި ވަކިވަކި ކުންފުނިތަކުން ޖުމްލަ 662 ބިލިއަން ރުފިޔާ ގްރޮސް ޕްރޮފިޓުގެ ގޮތުގައި ހޯދާފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަލާބަލާއިރު 47% އިތު އަދަދެކެވެ. ޗައިނާއިން ފާއިތުވި އަހަރުތެރޭ އެކްސްޕޯޓުކޮށްފައިވާ ބެޓެރީގެ ބާވަތްތަކަށް ބަލާއިރު، އެގައުމުން ވަނީ 14.6 ބިލިއަން ލިތިއަމް އަޔަން ބެޓެރި އެކްސްޕޯޓު ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 38.7% ގެ ކުރިއެރުމެކެވެ. ހަމަ އެހެންމެ ޕްރައިމަރީ ބެޓެރިއާއި ބެޓެރީޕެކުގެ ގޮތުގައި 27.57 ބިލިއަން ޔުނިޓު އެކްސްޕޯޓު ކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓުކުރެވުނު އަދަދަށްބަލާނަމަ 7.2% އިތުރު އަދަދެކެވެ.

ޝެޔާކުރެއްވުމަށް