2025 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގައި އިތުރު 1000 ސްޕޯޓްސް ޕާކު ތަރައްގީކުރަނީ

2025 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގައި އިތުރު 1000 ސްޕޯޓްސް ޕާކު ތަރައްގީކޮށް ހުޅުވުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އެގައުމުގެ ނެޝަނަލް ޑިވެލޮޕްމެންޓް އެންޑް ރިފޯމް ކޮމިޝަނުން ކުރި އިއުލާނެއްގައި ވާގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގެ އެކި ހިސާބުތަކުގައި 1000 ސްޕޯޓްސް ޕާކު ގާއިމްކުރެވޭނެއެވެ. މި ޕާކުތައް ތަރައްގީކުރެވޭނީ އެ ޕާކެއް ހެދުމަށް ކަނޑައަޅާ ސިޓީއެއްގެ އެންމެ ހިތްގައިމު، ފަސޭހައިން ވަދެނުކުމެ ވެވޭ އަދި، ޕާކުގެ ސަބަބުން ގުދުރަތީ ދިރުންތަކަށާއި އަދި މީހުންނަށްވެސް އުނދަގުލެއް ނުވާފަދަ ލޮކޭޝަނެއްގައެވެ.

ހަމަ އެހެންމެ އިއުލާނުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުގައި ތަރައްގީކުރެވޭ ޕާކުތަކުން ކޮންމެ ޕާކެއްގެވެސް 65% އޮންނާނީ ފެހިކުރެވިފައެވެ. އަދި ޕާކުތަކުގެ އެންމެހާ އިންތިޒާމުތަކާއި ގަވާއިދުތައްވެސް އެކުލަވައިލެވޭނީ ޗައިނާއިން މިހާރު އަމަލުކުރުމަށް ކަނޑައަޅާފައިވާ ތިމާވެއްޓާ ރައްޓެހި އުސޫލުތަކާއި ގަވާއިދު ތަކުގެ އިންތެރޭގައެވެ. 

މި ޕާކުތަކަކީ ހުރިހާ އުމުރުފުރައަކަށް ބޭޏުން ހިފޭގޮތަށް ތައްޔާރުކުރެވޭނެ ޕާޚުތަކެކެވެ. އަދި ކަސްރަތުކުރުމާއި، ދުވުމާއި، ފުޓުބޯޅަ ކުޅުމަށް ހާއްސަކަމެއް ދީގެން ތައްޔާރުކުރާ މި ޕާކުތަކުގައި ވިޔަފާރިކުރުމާއި ޕާކުގެ ބިންއެއްވެސް ގޮތަކަށް ވިޔަފާރި އުސޫލުން ބޭނުންކުރުން މަނާވާނެއެވެ.

ޝެޔާކުރެއްވުމަށް