އެއް މަސް ތެރޭގައި ޗައިނާގައި ފެތުރެމުންދާ ކޮވި-19 ގެ އައު ރާޅު މައިތިރި ކުރެވޭނެ: ޖޮންގް ނަންޝަންގް

ޗައިނާގައި މިވަގުތު ފެތުރެމުންދާ ކޮވިޑު-19 ގެ އައު ރާޅު އެއް މަސްތުވަހުގެ ތެރޭގައި ކޮންޓްރޯލުކުރެވޭނެ ކަމަށް އެގައުމުގެ މަޝްހޫރު އެޕިޑެމިއޮލޮޖިސްޓް ޖޮންގް ނަންޝަންގް ވިދާޅުވެއްޖެއެވެ.

ދާދިފަހުން ޗައިނާގެ ސިއްހީ މާހިރުން ބޭއްވި ވެބިނާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަންޝަންގް ވިދާޅުވީ ޗައިނާގައި މިހާރުވެސް އަމަލުކުރަމުންދާ އުސޫލުތައް އެގޮތުގައި ހިފަހައްޓައިފިނަމަ އެއް މަސްދުވަހުގެ އަނެއްކާވެސް ބަލި ކޮންޓްރޯލުކުރެވޭނެ ކަމަށެވެ. ހަމަ އެހެންމެ އެބޭފުޅާ އިތުރަށް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ޗައިނާގެ 80% ރައްޔިތުންނަށް ވެކްސިން ދެވޭނެ ކަމަށާއި، އަވަސް މުސްތަގްބަލެއްގައި ޗައިނާއަކީ ކޮވިޑު ބަލިން މުޅިންހެން ސަލާމަތްވެފައިވާ ގައުމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ޗައިނާއިން ދާދިފަހުން ކޮވިޑު-19 ގެ އައު ކޭސްތަކެއް ފެނިފައިވާއިރު މި ކޭސްތައް ފެނިފައިވަނީ އެގައުމުގެ 14 ޕްރޮވިންސަކުންނެވެ. އެގައުމުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި މި 14 ސަރަހައްދުގައި މިވަގުތު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިފައެވެ.

ޝެޔާކުރެއްވުމަށް