ޗައިނާގެ އީޖާދީ ހަކަތަ އަދިވެސް މައްޗަށް

ޗައިނާއަކީ ތަފާތު އެކި ބާވަތު އައު އިޖާދުތައް ކުރުމުގައި މަޝްހޫރު ގައުމެކެވެ. އަދި މި އިޖާދީ ހަކަތަ އަދިވެސް ދަނީ އިތުރުވަމުން ކަން އެގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ދާދިފަހުން ނެރެފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން 2020 ވަނަ އަހަރުން ފެށިގެން އެގައުމުގެ އީޖާދީ ހަކަތަ ދަނީ މަޑުދުވެއްޔެއްގައި އިތުރުވަމުންނެވެ. އެގޮތުން 2019 ވަނަ އަހަރާ އަޅާ ބަލާއިރު 2020 ވަނަ އަހަރު އީޖާދީ ހަކަތަ 6.4% އިތުތުވެފައިވާއިރު 2021 ވަނަ އަހަރު މި އަދަދު ބޮޑުތަނުން އިތުވާނެކަމަށް ލަފާކޮށްފައިވެއެވެ.

މި ހިސާބުތަކުގައި އިޖާދީ ހަކަތަ ވަޒަންކުރެވެނީ 4 ކަމަކަށް ބެލުމަށްފަހުގައެވެ. އެގޮތުން 21 އިންޑިކޭޓަރެއްގެ ބޭނުންކޮށްގެން ހެދޭ މި ހިސާބުގައި 19 އިންޑިކޭޓަރެއްވަނީ އެއް އަހަރަށްވުރެ އަނެއް އަހަރު ކުރިއަރާފައެވެ. އަދި އެ އަދަތުތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. މިކަމާ ގުޅިގެން ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ، ސްޓެޓިސްޓިޝަން ލީ ޔިންގް ވިދާޅުވީ މި ތަފާސްހިސާބުތަކުން ހާމަވާ ކަންކަމަކީ ޗައިނާގެ ކުރިމަގުގެ އުޖާލާކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ޗައިނާއަށް އައިސްފައިވާ އަވަސް ކުރިއެރުމާއި ތަރައްގީގެ ސިއްރަކީވެސް އެގައުމުގެ އިޖާދީ ހަކަތަ ކަމަށާއި މިއީ ކުރިމަގުގައިވެސް ޗައިނާގެ ކުރިއެރުމަށް ބަދަލެއް ނާންނާނެ ކަމުގެ ހެޔޮ ފާލެއް ކަމަށެވެ.

ޝެޔާކުރެއްވުމަށް