ޗައިނާގެ އެންމެ ހިތްގައިމު އެއް ސަރަހައްދު: ޗިއަންޖިން

ދެކުނު ޗައިނާގެ ޗިއަންޖިން ސަރަހައްދަކީ ޗައިނާއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކުވެސް ކޮންމެހެން ޒިޔަރާތްކޮށްލަންޖެހޭ ސަރަހެއްދެކެވެ. ޗިއަންޖިން އަކީ ޗައިނާގެ ސަގާފަތާއި، ހުޅަނގުގެ ސަގާފަތުގެ މަސްހުނިވުމަކުން އުފެދިފައިވާ އަމިއްލަ ސަގާފަތެއްގެ ވެރި ސަރަހައްދެކެވެ.

ޗިއަންޖިންގައި އެންމެ ފާހަގަކޮށްލެވޭ، އެންމެ މަގުބޫލު އެއް މަންޒިލަކީ އެސަރަހައްދުގެ އާޓް މިޔުޒިއަމް އެވެ. މި އާޓް މިޔުޒިއަމް އާންމުގޮތެއްގައި ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ މިފަދަ ތަންތަނާ މުޅީން ތަފާތެވެ. 4،200 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ބިނާކޮށްފައިވާ މި އާޓް މިޔުޒިއަމްގެ ބިނާއަކީ ފަރަންސޭސި ވިލާތުގެ އިމާރާތްކުރުމުގެ ވައްޓާފާޅިއާ އެއްގޮތަށް ފަރުމާކޮށްފައިވާ ގެއެވެ. މި ގެއަކީ ޗައިނާގެ ޗިންގް ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގެ ޑިޕްލޮމެޓެއް ކަމަށްވާ ހުއާންގް ރޮންގްލިއާގެ ގެކޮޅެވެ. ނަމަވެސް ފަހުން އެގެ ބައްލަވައިގަތީ ޗައިނާގައި އެކިއެކި އާސާރީ ތަކެތި އެއްކުރާ ކަލެކްޓަރެއް ކަމަށްވާ ޖާންގް ލިއަންޖީ އެވެ. މި ގެ އާޓް މިޔުޒިއަމަކަށް ބަދަލުކުރީ 2005 ވަނަ އަހަރުއެވެ. އެއީ ޖާންގް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދާފައިވާ އެކިއެކި އާސާރީ ތަކެއްޗާވެސް އެކުގައެވެ.

ޗިއަންޖިން އަކީ އެކި ގައުމުތަކުގެ ސަގާފަތުގެ ކުލަ ޖެހިފައިވާ ކުޑަ ސަރަހައްދެކެވެ. މިކަން އެންމެ ފުރިހަމައަށް ފާހަގަވެގެންދާނީ އެސަރަޙައްދުން ލިބެން ހުންނަ ކާތަކެތިންނެވެ. ޗިއަންޖިންގައި އެންމެ މަޝްހޫރު އެއް ކެއުމަކީ މެކްސިކޯގެ ބޮރީޓޯއެއްގެ ބައްޓަމަށް ތެލުލާފައި އޮންނަ ޕޭންކޭކެވެ. މި ކެއުން އާންމުކޮށް ތައްޔާރުކުރަނީ އެސަރަހައްދުގެ މަގުތަކުގައި ޖަހާފައި ހުންނަ ގާޑިއާ ތަކުންނެވެ. ޗިއަންޖިން އަށް ދާ ފަތުރުވެރިންވެސް އެންމެ ފާހަގަކުރަނީ މިކެއުމުގެ މީރުކަމެކެވެ. މިއީ ޗިއަންޖިން އަށް ޒިޔާރަތްކުރާ ކޮންމެ ދަތުރުވެރިއަކުވެސް އަޖުމަބަލާލުން ރަނގަޅު ކެއުމެކެވެ.

މި ފާހަގަކުރެވުނު ކަންކަމުގެ އިތުރުން ޗިއަންޖިންގައި ވަރަށް ތަފާތުކަމެއް ކުރެއެވެ. އެއީ މި ސަރަހައްދުގެ އެހެން އާދަކާދަތަކާއި ހިލާފަށް އެ ސަރަހައްދަށް ޚާއްސަ ކަމެކެވެ. އެއީ ޗިއަންޖިން ގެ މަޝްހޫރު “ކްރޮސް ޓޯކް” ހުށައެޅުންތަކެވެ. ކްރޮސް ޓޯކަކީ ހެއްވާ މަޖާ ވާހަކަތާއި، ލަވަޔާއި ނެށުން ހިމެނޭހެން ދައްކާލާ ހަރަކާތެކެވެ. ނަމަވެސް މި ހަރަކާތުގައި މި ހުރިހާ ކަމެއް ކުރަނީ އެންމެ ފަންނަނާނެކެވެ. އެހެން ކަމުން މި ހަރަކާތަކީ ވަރަށް ހުނަރުވެރި މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ޗިއަންޖިންގެ ކްރޮސް ޓޯކް މަޝްހޫރުވަނީ މި ސަބަބަށެވެ. މިއީ ޗިއަންޖިން އިން ފެނިގެންދާނެ އެންމެ ހައިރާންކުރުވަނީ އެއް މަންޒަރެވެ. ޗިއަންޖިން އަކީ ޗައިނާގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު އެއް މަންޒިލަށް ވެފައިވަނީ އެ ސަރަހައްދުގެ ރައްޔިތުން އެކި އާދަކާދަތަކަށް ހޭނި އެސަރަހައްދުގެ އަމިއްލަ އާދަކާދައެއް ބައްޓަންކޮށްފައިވާ ގޮތުގެ ސަބަބުންނެވެ. މިއީ ދުނިޔޭގެ މަދު ހިސާބަކުން މެނުވީ ފެންނާނެ މަންޒަރެއް ނޫނެވެ. ވީމާ ޗައިނާއަށް ޒިޔާރަރްކުރާ ކޮންމެ މެހެމާނަކުވެސް ޗިއަންޖިން އަށް ޒިޔާރަތްކޮށްލުމަކީ ދަތުރަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ.

ޝެޔާކުރެއްވުމަށް