17 ވަނަ ޗައިނީސް – އެމެރިކަން ޓީވީ އަދި ފިލްމު ފެސްޓިވަލް އަލުން ލައިވް ކުރުމަށް ނިންމައިފި

17 ވަނަ ޗައިނީސް – އެމިރިކަން ޓީވީ އަދި ފިލްމު ފެސްޓިވަލް އަލުން އެމެރިކާގެ ލޮސް އެންޖެލިސް ގައި ލައިވް ކުރުމަށް ނިންމައިފިއެވެ.

600 ފިލްމާއި ޓީވީ އުފެއްދުން ހިމަނައިގެން  ކުރިއަށްގެންދާ މި ފެސްޓިވަލް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެސްޓިވަލް އިންތިޒާމުކުރާ އޯގަނައިޒިން ކޮމިޓީއިން މައުލުމާތުދޭ ގޮތުގައި މި ފެސްޓިވަލްގައި މަޝްހޫރު ގޯލްޑަން އޭންޖެލް އެވޯޑު ސެރެމަނީވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެސްޓިވަލްގައި ކުރައަށްގެންދަން ހަމަޖެހިފައިވާ އިތުރު ބައެއް ހަރަކާތްތަކަށް ބަލާލާއިރު ބައިވެރިކޮށްފައިވާ 600 އައިޓަމް ދައްކާލުމާއިއެކު ޗައިނީސް – އެމެރިކަން ފިލްމު މާކެޓު ކުރުމުގެ ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެއެވެ. ހަމަ އެހެންމެ ޗައިނާއާއި އެމެރިކާގެ ބޮޑެތި ޓީވީ ޗެނަލް ތަކާއި ފިލްމު ކޮންޕެނީތަކުންވެސް މިފެސްޓިވަލްގައި ބައިވެރިވާއިރު، އެކުންފުނިތަގެ މާކެޓިންގް ހަރަކާތްތައްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

2005 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ފެސްޓިވަލަކީ ޗައިނާއާއި އެމެރިކާގެ ފިލްމު އަދި ޓީވީ އިންޑަސްޓްއާއި ގެ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަށް ފެށުނު ފެސްޓިވަލެވެ.

ޝެޔާކުރެއްވުމަށް