ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ދެމެހެއްޓުމަށް ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގުރޫޕަށް ކުރަމުންދާ މަސައްކަތްތަކަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަންގް ލިޝިން ޝުކުރު އަދާކުރައްވައިފިއެވެ.
އެކަމަނާ މިޝުކުރު އަދާކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއެރުމަށް ޗައިނާގެ އެހީތެރިކަން ކޮންމެ ވަގުތެއްގައިވެސް ލިބޭނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ކުންފުނިން ވަނީ ދިވެހި ރާއްޖޭގައި ފަހުގެ ތާރީހުގައި ހިންގުނު ގިނަ ތަރައްގީގެ މަޝްރޫއުތަކުގައި ބޮޑު ރޯލެއް އަދާކޮށްފައެވެ. އެގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ 1 ބިލިއަން ޑޮލަރުގެ މަޝްރޫއުވެސް ހިންގަމުންދަނީ އެކުންފުނިންނެވެ.
ޗައިނާއިންވަނީ ދިވެހިރާއްޖެއަށް އައިސްފައިވާ ކުރިއެރުމުގައި ބޮޑު އެހީތެރިކަމެއް ވެދީފައެވެ. ޗައިނާއިންދަނީ ރާއްޖެއާއެކު އޮތް ބަދަހިގުޅުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.