2008 ވަނަ އަހަރު ޗައިނާއިން ހޯދި ގިނި ހިލަ ”325871“ އަށް އެގައުމުގެ މަޝްހޫރު ބަޔޯކެމިސްޓް ޢިލްމުވެރިޔާ ޒޫޗެންގްލޫ ގެ ނަމުން ނަންދީފިއެވެ.
މިކަން ހާމަކޮށް ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2008 ވަނަ ޗައިނާއިން ހޯދާފައިވާ ގިނިހިލައަށް އެސްޓެރޮއިޑް ޒޫޗެންގްލޫ ކިޔުމަށް ނިންމައި އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ޔުނިއަނުން ނަން ފާސްކޮށްފައިވާ ކަމަށެވެ. މި ގިނަ ހިލައަކީ ޗައިނާގެ ޕާޕަލް މައުންޓަން އޮބްސަވޭޓަރީއިން ހޯދާފައިވާ ގިނިހިލައެކެވެ.
ޒޫޗެންގްލޫއަކީ ޗައިނާއަށް ބަޔޯކެމިސްޓްރީގެ ދާއިރާއިން އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާ ޢިލްމުވެރިއެކެވެ. އެގޮތުން އިންސިއުލިން ސިންތެސިސް ހެދުމުގެ އުކުޅު ތަރައްގީކުރުމުގައި އޭނާ ވަނީ ބޮޑު ދައުރެއް އަދާކުރައްވާފައެވެ. 1923 ވަނަ އަހަރުގެ އޭނާ އަވަހާރަވުމުގެ ކުރިން ވަނީ ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އާއި ވޯލްޑް އެކަޑަމީ އޮފް ސައިންސަސްގެ އެކެޑެމިކަން އެވޯޑު ހާސިލްކުރައްވާފައެވެ.
ދުނިޔޭގެ ބޭރާއި ސްޕޭސް އިން ހޯދާ ހޯދުންތަކުގެ ތެރެއިން، އެ ހޯދުމެއް ހޯދާ ފަރާތަކުން ބޭނުން ނަމެއް ދިނުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ގިނިހިލައަށެވެ. މިފަދައިން ދެވޭ ނަންތަކަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެވޭ، ދާއިމަށް ދެމިގެންދާ ޝަރަފެކެވެ.