ބުރާސްފަތި, އޯގަސްޓް 11, 2022
Seenukara
Advertisement Banner
  • ރަށްވެހިކަމާއި ތަރައްޤީ
  • ރާއްޖެއާއި ޗައިނާ
  • އިލްމާއި ޓެކްނޮލޮޖީ
  • ވިޔަފާރިއާއި އިޤްތިސާދު
  • ދުނިޔެއާއި ޗައިނާ
  • ތަޤްރީރާއި އިންޓަރވިއު
  • ތާރީޙާއި ތަރިކަ
  • ސަގާފަތާއި ދިރިއުޅުން
  • ރަށްވެހިކަމާއި ތަރައްޤީ
  • ރާއްޖެއާއި ޗައިނާ
  • އިލްމާއި ޓެކްނޮލޮޖީ
  • ވިޔަފާރިއާއި އިޤްތިސާދު
  • ދުނިޔެއާއި ޗައިނާ
  • ތަޤްރީރާއި އިންޓަރވިއު
  • ތާރީޙާއި ތަރިކަ
  • ސަގާފަތާއި ދިރިއުޅުން
ADVERTISEMENT

ޗައިނާއާ އެމެރިކާގެ ވިސްނުން އަބަދުވެސް މުޅި އިންސާނިއްޔަތުގެ އުފާފާގަތިކަމުގެ މައްޗަށް އަމާޒުހިފަން ޖެހޭ : ޚާރިޖީ ވަޒީރު ވަންގް ޔީ

ސީނުކަރަ ލިޔުނީ ސީނުކަރަ
ޖުލައި 16, 2022
. ތަޤްރީރާއި އިންޓަރވިއު
0 0
0
ޗައިނާއާ އެމެރިކާގެ ވިސްނުން އަބަދުވެސް މުޅި އިންސާނިއްޔަތުގެ އުފާފާގަތިކަމުގެ މައްޗަށް އަމާޒުހިފަން ޖެހޭ : ޚާރިޖީ ވަޒީރު ވަންގް ޔީ

ދިވެހިރާއްޖެއާއެކު އޮތް ގުޅުންތައް ވަރުގަދަކުރުމަށް ޗައިނާ އޮތީ ތައްޔާރަށް

0
ޝެއާރ
0
ބަލާފައިވޭ
Share on FacebookShare on Twitter
ADVERTISEMENT

ތިރީގައި މިވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޚާރިޖީވަޒީރު ވަންގް ޔީ 2020 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު، ޗައިނާއާއި އެމެރިކާގެ މިހާރުގެ ގުޅުމާއި ބެހޭގޮތުން ޗައިނާގެ ޤައުމީ މީޑިއާ ޝިންހުއާ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގެ 7 ވަނަ ބަޔެވެ.

ޝިންހުއާ:

ޗައިނާއާ އެމެރިކާގެ ގުޅުން މިހާރު މިއޮތީ ދެ ޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުވީއްސުރެ އައި އެންމެ އުނދަގޫ މަރުޙަލާގައި. މިހާރުގެ ގުޅުމާމެދު މި ވަގުތު އަދި ނޮވެމްބަރުމަހު އޮންނަ އެމެރިކާގެ އިންތިޚާބާ ހަމަަޔަށް ދާއިރު، މަނިކުފާނުގެ އޮތީ އުންމީދެއްތޯ ނުވަތަ މާޔޫސްކަމެއްތޯ؟ މި ވަގުތު ދެ ޤައުމުން އެންމެ އިސްކަމެއްދޭ ކަންކަމަކީ ކޮބައިތޯ؟

ޚާރިޖީ ވަޒީރު، ވަންގް ޔީ

ޗައިނާއިން އެމެރިކާއާމެދު ގެންގުޅޭ ސިޔާސަތު އަބަދުވެސް އޮތީ އެއްގޮތެއްގައި ސާބިތުކަމާއެކު. ހަމައެއާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވެދާނެ ކޮންމެ އަޑިގުޑަންތަކަކަށާ ނުއަތުރޯޅިތަކަކަށް އަޅުގަނޑުމެންވެސް މިތިބީ ތައްޔާރުވެ. ޗައިނާ ދުޝްމަނަކަށް ހަދަން އެމެރިކާ ކުރާ މަސައްކަތުގެ އަސާސަށް ބެލިޔަސް އަދި އިސްތިރާތީޖީގޮތުން ބެލިޔަސް، އެމެރިކާ އެ ޖަހަނީ ގޯސް ހިސާބުތަކެއް. މީގެ މާނައަކީ އެމެރިކާއިން އެ ޤައުމުގެ އިސްތިރާތީޖީ ވަސީލަތްތައް އެގެންދަނީ ނުބައި ދިމާއަކަށޭ. އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އެއްބާރުލައިގެން، ހަމަޖެހުން ހިފަހައްޓައިގެން، ޗައިނާއާ އެމެރިކާގެ ގުޅުން ފުށުއެރުމެއް ނެތި، ކުރިމަތިލުމެއް ނެތި، ދެ ފަރާތަށްވެސް އިޙްތިރާމް ލިބޭ، ދެ ފަރާތަށްވެސް މަންފާވާނެގޮތަށް ކުރިއަރުވަމުން ގެންދިއުމަށް ޗައިނާ މިއޮތީ އަބަދުވެސް ތައްޔާރަށް. ހަމައެއާއެކު، އަޅުގަނޑުމެންގެ ސިޔާދަތާ، އަމާންކަމާ، ތަރައްޤީގެ މަޞްލަޙަތުތައް އަޅުގަނޑުމެން ދިފާޢުކުރާނަން. ސަބަބަކީ މުސްތަޤިއްލު އަދި އަމިއްލަވަންތަ ސިޔާދަތެއް އޮތް ޤައުމަކަށް ޗައިނާވާތީ، މިކަންކަން ދިފާޢުކުރުމުގެ ޤާނޫނީ ޙައްޤު ޗައިނާއަށް އޮންނާނެތީ. އަލިފުދާލުގެ ޗާޓަރުގައި ޤައުމުތަކުގެ ސިޔާދަތު ރައްކައުތެރިކުރުމުގެ ހަމަހަމަ ޙައްޤު ލިބިގެންވާކަމަށް ލިޔެވިފައި އޮތް އޮތުމަށް އިޙްތިރާމުކުރުން އެމެރިކާއަށް ލާޒިމު. އަދި ތަފާތު ނިޒާމުތަކާ ތަފާތު ހަޟާރަތްތަކާއެކު ޞުލްހަވެރިކަމާއެކީ އެއް ތަނެއްގައި އުޅޭނޭގޮތް ދެނެގަނެ ދަސްކުރަންޖެހޭ. ދުނިޔެ ކުރިއަށް ހިނގަމުންމިދަނީ އެތައް ބަޔަކު ގުޅިގެން ކުރާ މަސައްކަތުންކަން އެނގެން މިއޮތް ހަޤީޤަތް ޤަބޫލުކުރަން ޖެހޭ.

1979 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިފަހުން އެންމެ ގިނަ ކަންތައްތަކެއް އެއްފަހަރާ ދިމާވި މި ޙާލަތު ކުރިމަތިވުމުން، މި ގުޅުމުގެ ވަރަށް ސާފުސީދާ އޮނިގަނޑެއް އެކުލަވާލަން އަޅުގަނޑުމެން ބޭނުންވޭ.

ފުރަތަމައަށް؛ ރަތް ރޮނގުތަކާ ފެޔަށްޖެހި، ކުރިމަތިލުންތަކާ ދުރުހެލިވުން. އެމެރިކާއާ ޗައިނާގެ ގުޅުން ހެޔޮގޮތުގައި ކުރިއަށް ދިއުމަށްޓަކައި އެންމެ މުހިންމުކަމަކީ އެއް ފަރާތުން އަނެއް ފަރާތަށް އިޙްތިރާމްކުރުން. ޗައިނާއަކުން އެއްވެސް ޙާލެއްގައި އަދި އެއްވެސް ގޮތަކަށް އެމެރިކާގެ އިންތިޚާބުތަކުގެ ތެރެއަކަށް އަދި ދާޚިލީ ކަންކަމުގެ ތެރެއަކަށް ނުވަންނާނެ. ހަމަ މި ބީދައިން، އެމެރިކާގެ މައްޗަށްވެސް ލާޒިމުވެގެންވަނީ އެމެރިކާ ބޭނުންހައި ގޮތަކަށް ޗައިނާގެ ކަންކަން ބަށްޓަންކުރެވޭނެކަމަށް ފޮލާކެއްކުން ހުއްޓާލުން. ޗައިނާގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވަނުން އެމެރިކާއިން ހުއްޓާލަން ޖެހޭ. ޗައިނާއަށް ޤާނޫނީގޮތުން ލިބިގެންވާ މަޞްލަޙަތުތަކުގެ މައްޗަށް އެއްވެސް ބުއްދީގެ ހަމައެއް ޙުއްޖަތެއް ނެތި ބާރުފޯރުވުން ހުއްޓާލަން ޖެހޭ.

ދެވަނައަށް؛ ސާފުކޮށް ވާހަކަދައްކައި މަޝްވަރާކުރުމަށް ހުރި މަގުތައް ހުޅުވާލާފައި ބެހެއްޓުން. މައްސަލަތައް ޙައްލުކުރުމަށްޓަކައި ވާހަކަދެއްކުމަކީ އަސާސީ ޝަރުޠެއް. ވާހަކަދެއްކުން ނެތްނަމަ، މައްސަލަ އިތުރަށް ގޯސްވެ އަމިއްލަ ކޮންޓްރޯލުން ނެއްޓިދާނެ. ވާހަކަދެއްކުމަށްޓަކައި ޗައިނާގެ ދޮރުތައް އަބަދުވެސް ހުންނާނީ ހުޅުވާފައި. ހަމަހަމަކަމާއެކު ހުޅުވާލެވިގެން ތިބެގެން، އެމެރިކާއާއެކު ޢަމަލާ ބަހުން ވާހަކަދެއްކުމަށް، އަދި ހުރިހާ ފަންތިއެއްގައި ހުރިހާ ކަމެއްގައިވެސް ވާހަކަދެއްކުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.

ތިންވަނައަށް؛ ބައިބައިވުމުން ދުރުހެލިވެ، އެއްބާރުލުމަށް ވާގިއެޅުން. ދެ ޤައުމުގެ މަޞްލަހަތުތައް ވަނީ ވަރަށް ފުނަށް ގުޅި ލާމެހިފައި. ވަކިވެގަތުމަށް ބާރުއެޅުމަކީ ބައިނަލްއަޤްވާމީ ގުޅުންތަކަށް ބުރޫއަރާނެކަމެއް. އަދި ހުރިހާ ޤައުމެއްގެ މަޞްލަހަތާ ބައިނަލްއަޤްވާމީ ޞިނާޢަތްތެރިކަމުގެ ގުޅިލާމެހިފައިވާ ޗޭނުވެސް ނުރައްކަލަށް ހުށަހެޅޭނޭކަމެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް19 ފެތުރެމުން މިދާ ޙާލަތުގައި، ޗައިނާއިން މިއޮތީ އެމެރިކާއާ ގުޅިގެން، ދެ ފަރާތަށްވެސް މަންފާވާނޭ މަގުން، މި ބަލި ކޮންޓްރޯލްކުރުމަށާ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް ތައްޔާރަށް. ކޮވިޑް19 ކޮންޓްރޯލްކުރުމުގައި އެއްބަޔެއްގެ ކިބައިން އަނެއްބަޔަކު ފިލާވަޅު ލިބިގަނެ، ދެ ފަރާތުގެ ތަޖްރިބާތައް ޙިއްސާކުރުމަށް. އަދި އެމެރިކާއާ ބައިވެރިވެގެން ދުނިޔެއިން ކޮވިޑް19 ކޮންޓްރޯލްކޮށް މި ބައްޔާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް.

ހަތަރުވަނައަށް؛ ސިކުނޑި ސުމަކަށްދާ ވިސްނުންތަކުން އެއްކިބާވެ، ގުޅިގެން ޒިންމާތައް އުފުލުމަށް ތެދުވުން. ކޮވިޑް19ގެ ސަބަބުން އަނެއްކާވެސް މި ކަށަވަރުކޮށްދިނީ، މުޅި އިންސާނިއްޔަތަކީ އެއް މުސްތަޤްބަލަކަށްޓަކައި ގުޅިގެން މަސައްކަތްކުރަން ޖެހޭނެ މުޖްތަމަޢެއްކަން. އަހަރެމެންގެ މި ދުނިޔޭގެ ކުރިމަތީ ބައިނަލްއަޤްވާމީ އެތައް ގޮންޖެހުމެއް މިހާރުވެސް އެބަހުރި. ޒަމާންތަކަށް ދެމިގެން އައި ސަލާމަތީ ގޮންޖެހުންތަކާ އަލަށް އުފެދުނު ސަލާމަތީ ގޮންޖެހުންތަކާ ހުރީ ގުޅި ލާމެހިފައި. ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހުރި ހޫނު ހުރިހައި މައްސަލައެއްހެން ޙައްލުކުރެވޭނީ ޗައިނާއާ އެމެރިކާއާ އެހެން ޤައުމުތައް ގުޅިގެން އެކުއެކުގައި އިޖާބަދީގެން. ޗައިނާއާ އެމެރިކާގެ ވިސްނުން އަބަދުވެސް މުޅި އިންސާނިއްޔަތުގެ އުފާފާގަތިކަމުގެ މައްޗަށް އަމާޒުހިފަން ޖެހޭ. އެންމެ ބޮޑު ދެ ޤައުމުގެ ގޮތުގައި ޒިންމާދާރުވާން ޖެހޭ. އަލިފުދާލާ އެނޫންވެސް ޤައުމުތައް ބައިވެރިވާ ޖަމާޢަތްތަކަށް ކަންކަން ފަހިކޮށްދިނުމަށް އެއްބާރުލައިގެން މަސައްކަތްކުރަން ޖެހޭ. ދުނިޔޭގެ ޞުލްހައާ ހަމަޖެހުމަށްޓަކައި އެކުގައި މަސައްކަތްކުރަން ޖެހޭ. “ ޗައިނާ ދުޝްމަނަކަށް ހަދަން އެމެރިކާ ކުރާ މަސައްކަތުގެ އަސާސަށް ބެލިޔަސް އަދި އިސްތިރާތީޖީގޮތުން ބެލިޔަސް، އެމެރިކާ އެ ޖަހަނީ ގޯސް ހިސާބުތަކެއް. މީގެ މާނައަކީ އެމެރިކާއިން އެ ޤައުމުގެ އިސްތިރާތީޖީ ވަސީލަތްތައް އެގެންދަނީ ނުބައި ދިމާއަކަށޭ. އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އެއްބާރުލައިގެން، ހަމަޖެހުން ހިފަހައްޓައިގެން، ޗައިނާއާ އެމެރިކާގެ ގުޅުން ފުށުއެރުމެއް ނެތި، ކުރިމަތިލުމެއް ނެތި، ދެ ފަރާތަށްވެސް އިޙްތިރާމް ލިބޭ، ދެ ފަރާތަށްވެސް މަންފާވާނެގޮތަށް ކުރިއަރުވަމުން ގެންދިއުމަށް ޗައިނާ މިއޮތީ އަބަދުވެސް ތައްޔާރަށް.“ – ޚާރިޖީ ވަޒީރު ވަންގް ޔީ

Advertisement Banner
ފަހަތައް

އަޅުގަނޑުމެން ދެމިތިބޭނީ ޞުލްޙަވެރި ގަދަފަދަ ބާރެއްގެ ގޮތުގައި : ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ

ކުރިޔަށް

ވޫހާން ސިޓީގައި ބޭއްވުނު 7 ވަނަ ޗައިނާ ތިއޭޓަރ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

ސީނުކަރަ

ސީނުކަރަ

ކުރިޔަށް
ވޫހާން ސިޓީގައި ބޭއްވުނު 7 ވަނަ ޗައިނާ ތިއޭޓަރ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

ވޫހާން ސިޓީގައި ބޭއްވުނު 7 ވަނަ ޗައިނާ ތިއޭޓަރ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

  • En
  • 中國人

No Result
View All Result
  • ރަށްވެހިކަމާއި ތަރައްޤީ
  • ރާއްޖެއާއި ޗައިނާ
  • އިލްމާއި ޓެކްނޮލޮޖީ
  • ވިޔަފާރިއާއި އިޤްތިސާދު
  • ދުނިޔެއާއި ޗައިނާ
  • ތަޤްރީރާއި އިންޓަރވިއު
  • ތާރީޙާއި ތަރިކަ
  • ސަގާފަތާއި ދިރިއުޅުން

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In