ޗައިނާގެ ރިސާރޗް ޓީމަކުން 66 ކިއުބިޓުގެ ކުއަންޓަމް ކޮށްޕިއުޓަރެއް އީޖާދުކޮށްފިއެވެ.
މި ކޮމްޕިއުޓަރަށް ދީފައިވާ ނަމަކީ ”ޒުޗޮންގްޖީ 2.1“ އެވެ. އަދި މި ކޮންޕިއުޓަރަކީ ޗައިނާގެ ކުއަންޓަމް ކޮންޕިއުޓިންގެ ދާއިރާއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މި ކޮންޕިއުޓަރުގެ ސަބަބުން ޗައިނާއަށް ކުއަންޓަމް ކޮންޕިއުޓިންގް ގެ ދެ ދާއިރާއަކުން ބޮޑެތި ފައިދާތަކެއް ވެގެންދާނެއެވެ. އެއީ ފޮޓޮނިކް ކުއަންޓަމް ކޮންޕިއުޓިންގް ގެ ދާއިރާއާއި ސުޕަކޮންޑަކްޓިންގް ކުއަންޓަމް ކޮށްޕިއުޓިންގް ގެ ދާއިރާއެވެ.
މި ކޮންޕިއުޓަރު އީޖާދުކޮށް ފަރުމާކުރި ރިސާރޗް ޓީމުގެ ލީޑަރަކީ ޗައިނާގެ މަޝްހޫރު ކުއަންޓަމް ޕިޒިސިސްޓެއް ކަމަށްވާ ޕާން ޖިއަންވެއިއެވެ. އަދި މި އިޖާދު އެންމެ ފުރަތަމަ ޝާއިއުކޮށްފައިވަނީ ބެއިޖިންގް ޓައިމް ނޫހުގައެވެ. މި ކޮންޕއުޓަރުގެ އެންމެ ފުރތަމަ ޕްރޮޓޯޓައިޕް އުފެއްދީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އަދި އިތުރަށް ދިރާސާކޮށް ކޮންޕިއުޓަރު ފުރިހަމަކޮށްފައިވަނީ މިދިޔަ ހޯމަދުވަހުކަމަށް ބެއިޖިންގް ޓައިމް ނޫހުގައި ޝާއިއުކޮށްފައިވާ ރިސާރޗް ކަރުދާހުގައި ވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހުވެސް ޗައިނާގެ ރިސާރޗް ޓީމަކުން ވަނީ 62 ކިއުބިޓުގެ ކުއަންޓަމް ކޮންޕިއުޓަރެއް އީޖާދުކުރިއެވެ. މި ކޮންޕިއުޓަރަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ ސުޕަރ ކޮންޕިއުޓަރަށްވުރެ 100 ޓްރިލިއަން އިންސައްތަ ވަރުގަދަ ކޮންޕިއުޓަރެކެވެ. އަދި ފަހުން އިޖާދުކުރެވުނު 66 ކިއުބިޓުގެ ކޮންޕިއުޓަރަކީވެސް ހަމަ އެހާމެ ވަރުގަދަ އަދި އޭގެ އިތުރު ކޮންޕިއުޓޭޝަނަލް ޓާސްކު ތަކެއް ފުރިހަމަކުރެވޭ ކޮންޕިއުޓަރެކެވެ.
މި ދެކޮމްޕިއުޓަރާއެކު ޗައިނާއަކީ މިވަގުތު ދުނިޔޭގައި ކުއަންޓަމް ކޮށްޕިއުޓިންގް ގެ ރޮގުން އެންމެ ކުރިއަރާފައިވާ ގައުމަށް ވާނެއެވެ.