ފަސް ވަނަ ޕިންގްޔައޮ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް ފަށާފައިވަނީ މި އަންގާރަ ދުވަހު، ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ 2700 އަހަރުވީ ސިޓީއެއް ކަމަށްވާ ޕިންގްޔައޮގައެވެ. ޕިންގްޔައޮ އަކީ ޔުނެސްކޯގެ ހެރިޓޭޖް ސައިޓް ލިސްޓުގައިވެސް ހިމެނޭ ސިޓީއެކެވެ. މި ފެސްޓިވަލުގައި 30 ގައުމަކުން 46 ފިލްމު ވަނީ ދެއްކުމަށް ނިންމާފައެވެ. އަދި މީގެތެރެއިން ތިން ބައިކުޅަ އެއްބައި ފިލްމުގެ ގޮލޯބަލް ޕްރިމިއަރ ކުރުމަށްވެސް ހަމަޖެހިފައިވަނީ ޕިންގްޔައޮގައެވެ.
މި ފެސްޓިވަލުގައި ދައްކާލުމަށް ހަމަޖެހިފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި ކެނޭސް އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު ފިލްމު ”ޕްރޭޔާސް އޮފް ދަ ސޮޓޯލެން“ އާއި ބެލްޖިއަމް ގެ މަޝްހޫރު ޑައިރެކްޓަރު ލައުރާ ވެންޑެލްގެ ”ޕްލޭގްރައުންޑޮ“ ހިމެނެއެވެ. ހަމަ އެހެންމެ ޗައިނާގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ޒީފެއިގެ ”ސޯންގް އޮފް ޓިބެޓް“ ވެސް މި ފެސްޓިވަލްގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލް ބަލާލުމަށްދާ ފަރާތްތަތަކަށް ބައިވެރިވެވޭ ހާއްސަ އިތުރު ހަރަކާތްތަކެއްވެސް ރޭވިފައިވެއެވެ. އެގޮތުން މަސްނޫއީ ވަސީލަތްތަކުން ކުރު ފިލްމު ހެދުމުގެ ތަޖްރިބާތައް ކޮށްލުމުގެ ފުރުސަތު ލިބޭނޭކަމަށް މި ފެސްޓިވަލް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.